ބިދޭސީއެއްގެ އަތުން ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުން، ފޮޓޯ: ޕޮލިސް
މާލޭގައި ބިދޭސީއެއްގެ އަތުން ފައިސާ ފޭރިގަތް ކަމުގެ ތުހުމަތުގައި ދެ މީހަކު ރޭ ހައްޔަރުކޮށްފައި ވާއިރު، އެ ދެމީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ދީފިއެވެ.
ފުލުހުންގެ މަޢުލޫމާތު ދިންގޮތުގައި، ރޭ 2:12 ހާއިރު މާލޭގެ ގުލާބީ ގޯޅިގައި ދެމީހަކު ވެގެން ބިދޭސީއެއްގެ އަތުން 33,500 ރުފިޔާ ފޭރިގަތް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހ. ރެޑަން، ފަވާޒް ކަޅުތުއްތު (36 އަހަރު) އާއި ތ. ތިނަރަފުށި، ލަކީ ހައުސް، ސޮފްވާން ޢަލީ (36 އަހަރު) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފަވާޒް އާއި ސޮފްވާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައިކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް