ނ.ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
ނ. ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެފައިވަނީ، ދިވެހި ތާރީޚުގައި ވެސް ދުވަހަކު ނުވަންނަ ވަރަށް މިހާރު ބައިތުލްމާލަށް ފައިސާ ވަންނަމުންދާއިރު، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ދަށަށްދާ ކަމަށެވެ.
އެމަނިކުފާނުގެ މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވަނީ، ޑޮލަރުގެ އަގު މައްޗަށް ގޮސް، ތަކެތީގެ އަގު ބޮޑުވެ، ކަރަންޓާއި ފެން ބިލުތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވަނީ ކޮވިޑްގެ ދަތި އުނދަގޫ ދުވަސްވަރުގައި ވެސް ކުރިމަތިނުވާ ފަދަ ހިތްދަތި އުނދަގޫ ހާލަތެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އައްބާސް ވަނީ ރައީސް ޑރ. މުޢިއްޒު "ދީނީ ތާކިހާ ބޮލުއަޅައިގެން އަޑީގައި ހުންނަވައިގެން މުޅި ގައުމު ލޫޓުވަމުންދިއުމަކީ ހިތާމަހުރި ކަމެއް" ކަމަށް ވިދާޅުވެފައެވެ.
އަދި މި ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުޢިއްޒަށް ރައްޔިތުން ރަނގަޅު މެސެޖެއް ދޭންޖެހޭ ހާލަތަށް ގައުމު ގޮސްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މިއީ ފަހަކަށް އައިސް ސަރުކާރުގެ އިސް ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުން ވެސް ފާހަގަކުރަމުންދާ ކަންބޮޑުވުމެކެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު މައްޗަށް ދިއުމާއި، އަސާސީ ޚިދުމަތްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ފާހަގަކުރެވެމުންދެއެވެ.
ކޮމެންޓް