ހޮސްޕިޓަލަކާއެކު މިލަންދޫގައި އިތުރު ދެ މަޝްރޫއު ފަށަން އެމްޓީސީސީ އިން ތައްޔާރުވެއްޖެ

މިލަންދޫގައި 3 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުން، އިސްލާމީ މަރުކަޒެއްވެސް ގާއިމުކުރުމަށް ވަނީ ނިންމާފައި ފޮޓޯ: އެމްޓީސީސީ

ދެ ބުރީގެ ހޮސްޕިޓަލަކާއެކު ށ. މިލަންދޫގައި އިތުރު ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީ އިން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީ އިން ބުނީ 2094 މީހުންގެ އާބާދީއެއް ދިރިއުޅޭ މިލަންދޫ ރައްޔިތުންނަށް ފެށިގެންދާ މި މަޝްރޫއުތަކުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ފައިދާތަކެއް ރަށުގެ ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށެވެ.

އެމްޓީސީސީ އިން މިލަންދޫގައި ފަށަން ނިންމާފައިވާ 3 މަޝްރޫއު އަކީ:

ދެ ބުރީގެ ހޮސްޕިޓަލް އިމާރާތެއް

އިސްލާމީ މަރުކަޒެއް އިމާރާތް ކުރުން

ރަށުގައި މިހާރު ހަދާފައި ހުރި އައުޓްޑޯ ޖިމްގެ އިކުއިޕްމެންޓް ބަދަލުކުރުން

އެމްޓީސީސީ އިން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ނުފެށި ހުއްޓިފައިވާ ކަމަށާއި، މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ރައީސް މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން މި މަސައްކަތްތައް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށްވެސް އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް 161،245،343.52 ރުފިޔާއަށް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ޕްރޮޖެކްޓުގެ އަގަކީ 147،437،634.24

ރުފިޔާއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.