އަންނަ އަހަރަކީ ގިނަ ދީނީ ޕްރޮގުރާމްތަކެއް ކުރިއަށް ދާނެ އަހަރެއް : ވަޒީރު

ވަޒީރު ޝަޙީމް

މިފެށޭ އަހަރަކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އައު ގިނަ ކަންތައްތަކެއް ފަށާނެ އަހަރަކަށް ވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 2025 ވަނަ އަހަރު އެ ވުޒާރާއިން ކުރިއަށްގެންދާ ބައެއް ކަންތައްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިގޮތުން މި ރަސްމިއްޔާތުގައި ވަނީ 2025 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި، ރިސާލަތު ޕްރޮގްރާމް 2025 އަދި ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމް އިފްތިތާޙްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވީ 2025 ވަނަ އަހަރު ވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ އަހަރެއްކަމަށެވެ.

އެގޮތުން އަންނަ އަހަރު :

*ވަޤުފް އިމާރާތްތައް އާރާސްތުކޮށް ރާއްޖޭގައި ޒަކާތު ހައުސްގެ އިމާރާތެއް އެޅުން.

*ނަމާދު މަޝްރޫއު، ބޭނުންމަކީ ރައްޔިތުންނަށް ނަމާދު ކުރުމުގެ މުހިއްމުކަން އަންގައިދީ އެކަން ހަނދާންކޮށްދިނުން، " ނަމާދުގެ މަޝްރޫޢު ޤާއިމްކޮށްފައި މިއޮތީ ވަރަށް ތަފާތު ގޮތަކަށް. ފިޤުހީ ވާހަކަތަކުގެ އިތުރަށް ނަމަދުކުރުމަށް ހަނދާންކޮށްދިނުމާއި ނަމާދުގައި ހިމެނޭ ދުޢާތަކުގެ މާނަތައް މީހުންނަށް ދަސްކޮށްދިނުން، އަދި ނަމާދުގައި ހިމެނޭ މާތްﷲ ގެ އިސްމަފުޅުތަކުގެ މާނާ މީހުންނަށް ކިޔައިދިނުން ހިމެނޭނެ."

މިފަހަރުގެ ރިސާލާތު ޕްރޮގްރާމް ކަނޑައަޅާފައިވަނީ އިސްލާމީ އަޚްލާގު ރާއްޖޭގައި ފެތުރުމުގެ މައްޗަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އިސްލާމްދީނުގެ އެންމެ މަތިވެރި 5 މަޤްޞަދުގެ އަލީގަކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރިސާލަތު ވީޑިއޯ ޗެލެންޖުގައި ބައިވެރިވި 281 މީހުންގެތެރެއިން ދިވެހި އަދި އިނގިރޭސި ކެޓަގަރީން ވަނަވަނައަށް ހޮވުނު ފަރާތްތައް އިއުލާންކޮށް އިނާމު ދީފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.