ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ މުބީން އިސްތިއުފާ ދެއްވައިފި

ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުބީން، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވި އިރު އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ އޭނާ އެ ކުންފުނީގެ އެމްޑީގެ މާގަމުގައި ހުންނަވައި ކުރެއްވި މަސައްކަތް ފާހަގަ ކޮށް ޝުކުރު އަދާކޮށްފައެވެ.

މުބީން މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބު އަދި ސާފު ނުވި ކަމުގައި ވިޔަސް، އިސްތިއުފާ ދެއްވާފައި މިވަނީ ރީޖަނަލްސް އެއާޕޯޓްސް އާއި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އާރްއޭސީއެލް އަކީ ޖެނުއަރީ 11، 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދުމުގެ މައިގަނޑުއެއް މަގްސަދަކީ ސަރުކާރުން ހިންގާ އެއާޕޯޓުތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާއި، އެއާޕޯޓުތަށް ހިންގުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ދަށްކުރުމެވެ. މީގެއިތުރުން، ސަރުކާރުން ތަރައްގީ ކުރާ އެންމެހާ އެއާޕޯޓްތައް ހިންގައި ބެލެހެއްޓުމާއި، އިތުރަށް ތަރައްގީ ކުރުމަށެވެ.

އާރްއޭސީއެލް އަށް ހަތަރު އަހަރު ފުރިފައިވާ އިރު އެ ކުންފުނީގެ ދަށުން މިހާރު ރާއްޖޭގައި އަންނަނީ އަށް ޑޮމެސްޓިކް އެއާޕޯޓް ހިންގަމުންނެވެ. އެގޮތުން މިހާރު އޮޕަރޭޓް ކުރަމުން އަންނަ އެއާޕޯޓްތަކުގެ ތެރޭގައި ހޯރަފުށި އެއާޕޯޓް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ކުޅުދުއްފުށި އެއާޕޯޓް، ފުނަދޫ އެއާޕޯޓް، މާވަރުލު އެއާޕޯޓް، ފަރެސްމާތޮޑާ އެއާޕޯޓް، ފުވައްމުލަކު އެއާޕޯޓް އަދި ކައްދޫ އެއާޕޯޓް ހިމެނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.