ޖޭމްސް ޓްރަފޯ
އެޑަސަން ގަތުމަށް ހުސްވި ސީޒަނުގެ ކުރީކޮޅު ސައޫދީގެ ކުލަބުތަކުން ވެސް މަސައްކަތް ކުރި އެވެ.
މެނޭޖްމަންޓުން މުޅިން ނިންމައިފިނަމަ ސިޓީން ގެނައުމަށް މަސައްކަތް ކުރަނީ އިނގިރޭސި 22 އަހަރުގެ ކީޕަރު ޖޭމްސް ޓްރަފޯޑެވެ. އޭނާ އަކީ ބާންލޭގެ ކުޅުންތެރިއެކެވެ. މީގެ ދެ އަހަރު ކުރިން ސިޓީން އޭނާ ބާންލޭ އަށް ދޫކޮށްލީ އަލުން ގަންނަން ޖެހިއްޖެނަމަ އެކަން 40 މިލިއަން ޔޫރޯ އަށް ނިމޭ ގޮތް ހަދައިފަ އެވެ. މިހެންވެ ސިޓީން މިވަގުތު މަސައްކަތް ކުރަމުންދަނީ އޭނާ ގަތުމަށެވެ. ޓްރަފޯޑް ވަނީ ހުސްވި ސީޒަނުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ސިޓީގައި މި ވަގުތު އެޑަސަން އަށް ފަހު ކީޕަރުކަން ހުރި މީހަކީ ސްޓެފަން އޮރްޓޭގާ އެވެ. އޭނާ ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ކުޅެން ލިބުނު މަދު މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ކޮމެންޓް