ވޮންޑަރލަސްޓް އެޑްވެންޗަރސްގެ އޮފީސް
ގައުމުތަކަށް ދަތުރުކުރުމަށް އަގުހެޔޮ ހާއްސަ ޕެކޭޖްތަކެއް ވަނީ ހުޅުވާލާފަ
ރާއްޖެއަށް އޮޕަރޭޓުކުރާ ހުރިހާ އެއާރލައިންތަކުގެ ޓިކެޓިން އޮފީހެއް އައްޑޫ ސިޓީގައި ހުޅުވައިފިއެވެ.
ހުޅުވިފައިވަނޯ ވޮންޑަރލަސްޓް އެޑްވެންޗަރސްގެ އޮފީހެކެވެ. މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު އަދި ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ބައިވެރިވަޑައިގަތެވެ.
ވޮންޑަރލަސްޓް އެޑްވެންޗަރސް އިން ރާއްޖެއަށް އޮޕަރޭޓްކުރާ ގިނަ އެއާރލައިންތަކުގެ ޓިކެޓް ބައްލަވައިގެންނެވޭނެއެވެ. އެގޮތުން ދިވެހިންގެ ތެރޭގައި މަޤުބޫލު އެއާރލައިންތަށް ކަމަށްވާ ސްރީ ލަންކަން އެއާރލައިންސް، ސިންގަޕޯރ އެއާރލައިންސް، މެލޭޝިޔަން އެއާރލައިންސް އަދި މިނޫންވެސް އިތުރު އެއާރލައިންސްގެ ޓިކެޓް ވޮންޑަރލަސްޓް އެޑްވެންޗަރސްއިން ލިބޭނެއެވެ.
މީގެ އިތުރުން، ވޮންޑަރލަސްޓް އެޑްވެންޗަރސް އިން އެކި ގައުމުތަކަށް ދަތުރުކުރުމަށް އަގުހެޔޮ ހާއްސަ ޕެކޭޖްތަކެއް ވަނީ ހުޅުވާލާފައެވެ. އެގޮތުން ހަނީމޫން ޕެކޭޖްތަކާއި ފެމިލީ ޕެކޭޖްތަށް ވަނީ ލިބޭ ގޮތަށް ހަމަޖެހިފައެވެ. މި ޕެކޭޖްތަކަކީ ވަރަށް އަގުހެޔޮކޮށް ފަރުމާކުރެވިފައެވެ. ޕެކޭޖުތަކުގެ އަގު ފެށެނީ 400 ޑޮލަރުންނެވެ. މި ޕެކޭޖްތަކުގައި ދަތުރުކުރާ ގައުމުތަކުގެ ޓުއަރ އަދި ހުންނަ ހޮޓަލުތަކުގެ އަގުވެސް ހިމެނޭ ގޮތަށް ބައްޓަން ކުރެވިފައެވެ. ވޮންޑަރލަސްޓް އެޑްވެންޗަރސް އިން ދިވެހިން ޗުއްތީ ހޭދަކުރާ ގިނަ ގައުމުތަކުގެ ޕެކޭޖްތަށް ވަނީ އެކުލަވާފައެވެ. އެގޮތުން ބާލީ، ފުކެޓް، ކަޝްމީރު ފަދަ ސިޓީތަށް ހިމެނެއެވެ.
އަދި ވޮންޑަރލަސްޓް އެޑްވެންޗަރސް އިން ރާއްޖޭގެ އެކި ރިސޯޓުތަކަށް ވެސް ޕެކޭޖްތަށް ވަނީ ލިބޭ ގޮތަށް ހަމަޖެހިފައެވެ.
ވޮންޑަރލަސްޓް އެޑްވެންޗަރސްގެ އޮފީސް އައްޑޫގައި ހުޅުވުނު ކަމުގައިވިޔަސް، ވޮންޑަރލަސްޓް އެޑްވެންޗަރސްގެ އަމާޒަކީ މުޅި ދިވެހި ރާއްޖެއަށް ހިދުމަތް ފޯރުކޮށްދިނުމެވެ.
ކޮމެންޓް