ތ. ގުރައިދޫ /ފިނިހިޔާގެ ޝަޔާން ބިން ރިލުވާން
މާލެ މަގުމަތީގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ސައިކަލުގައި ޖެއްސުމަށް ފަހު ދާން އުޅުނު 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު 16:58 ހާއިރު ސިއްތިމާވާ ހިނގުމުގައި ތ. ގުރައިދޫ /ފިނިހިޔާގެ ޝަޔާން ބިން ރިލުވާން ފެނުނުއިރު އޭނާގެ އަމަލުތައް ހުރިގޮތުން މަޑުުކުރަން އެންގުމުން މަޑުނުކޮށް ފުލުހުންގެ ސައިކަލުގައި ޖެއްސުމަށްފަހު ދާން އުޅުނު މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަސް ޖަހާފައިވާއިރު، ފުލުހުން ވަނީ އޭނާ ގެންގުޅުނު ސައިކަލު ޓޯކޮށްފައެވެ.
ކޮމެންޓް