ޝައިހް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމައިފި
ޝައިޚް ފަރީދު އަވަހާރަވީ މެލޭޝިޔާގެ އެއާޕޯޓުގައި ހުއްޓާ އިއްޔެގެ ވަގުތެއްގައެވެ.
ހިދުމަތް ޖަމިއްޔާއިން ވިދާޅުވީ، ކުރިން ޝައިހްގެ ހަށިކޮޅު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރި ނަަމަވެސް، ހަށިކޮޅު ރާއްޖެ ގެންނަ ނަމަ ޕޯސްމޯޓަމް ހަދަން ޖެހޭތީ އާއިލާއިން އެކަން އެގޮތަށް ކުރަން ބޭނުން ނުވާކަމަށް ހިދުމަތް ޖަމިއްޔާ އިން ވަނީ ބުނެފައެވެ.
"ޝައިހް ދުނިޔޭގައި އަބަދުވެސް އިންކާރުކުރާ ކަންކަން މީ ޕޯސްޓްމޯޓަމްގެ ކަންތައް. އެގޮތުން އާއިލާން ވެސް ބޭނުން ވަނީ މިކޮޅުން މެލޭޝީއާއަށް ދެވޭ އާއިލާ މީހުން އެކޮޅަށް ދާން،" ހިދުމަތް ޖަމިއްޔާއިން ވަނީ ވިދާޅުވެފައެވެ.
ޝައިހް ފަރީދު އަވަހާރަވީ، ދީނީ ދަރުހެއް ދެއްވުމަށް މެލޭޝިއާއަށް ފޭބި ވަގުތު އެއާޕޯޓުގައި ހުއްޓައެވެ. އޭނާ ވަޑައިގެންނެވީ ދީނީ ދައުވަތުގެ މަސައްކަތުގެ ދަށުން ދަރުސް ދެއްވުމަށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 53 އަހަރެވެ.
ކޮމެންޓް