ދުނިޔެއިން އަލަށް ރެކޯޑުކުރެވުނު މަހެއް ރާއްޖެއިން ފެނިއްޖެ

ދުނިޔެއިން އަލަށް ރެކޯޑުކުރެވުނު މަހެއް

ދުނިޔެއިން އަލަށް ރެކޯޑުކުރެވުނު މަހެއް ރާއްޖެއިން ފެނިއްޖެއެވެ.

މެރައިން ޖާނަލް މޯލްޑިވްސް އިން ބުނީ ދުނިޔެއިން އަލަށް ރެކޯޑުކުރެވުނު މި މަސް ރާއްޖެއިން ފެނިފައިވަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުން ކަމަށާއި އެއީ 95 މީޓަރާއި 110 މީޓަރާއި ދެމެދުގެ ފުންމިނަކުން ކަމަށެވެ.

ކްރޯމިސް އަބަދަށް" ސައިންޓިފިކް ނަމަކަށް ދެވުނު މި މަސް އިތުރަށް ދިރާސާކުރުމަށްޓަކައި މީގެ 4 މަސް ދަލެއް ބޭނުންކޮށްގެން ހިފާ ބޭރުގެ ތަޖުރިބާކަރުންގެ ޓީމަކާއި ދިވެހި ޓީމެއް ގުޅިގެން ދިރާސާކުރެވިފައި ވާކަމަށް މެރައިން ޖާނަލް މޯލްޑިވްސް އިން ވަނީ ބުނެފައެވެ. މި ދިރާސާއިން މި މަހަކީ ދުނިޔެއިން އަލަށް ރިކޯޑުކުރެވުނު މަހެއްކަމަށް ސާފުވެފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

މެރައިން ޖާނަލް މޯލްޑިވްސް އިން ބުނީ ކަނޑުފަޅުގެ ދިރާސާގެ ތެރެއިން ޖުމުލަ 8 ސަރަހައްދަކުން މި މަސް ރެކޯޑު ކުރެވިފައިވާކަމަށާއި އެއީ ފާދިއްޕޮޅުން ފެށިގެން ނިލަންދެ އަތޮޅު ދެކުނުބުރީގެ ސަރަހައްދުން ކަމަށެވެ. އެހެންކަމުން މި މަސް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނާކެ ކަމަށް ބެލެވޭކަމަށް މެރައިން ޖާނަލް އިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި 6.9 ސެންޓިމީޓަރަށް ބޮޑުވާ ކުޑަކުޑަ މަހުގެ އާއިލާގެ އެހެން އެތައް ބާވަތެއް ދިވެހި ކަނޑުފަޅުތަކުން ފެނެއެވެ. މިއާއިލާއަށް ޖުމުލަކޮށް ދަނބާ ކިޔާއިރު، ފުން ފަޅުތަކާއި ފަރުތަކުގެ އަޑީގައި އަދިވެސް ކުރިން ހޯދިފައިނުވާ އެތައް ދިރުންތަކެއް ވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.