ސިޔާސީ މަގާމުތަކުގައި ޖުމްލަ 922 މީހުން

ރައީސް މުއިއްޒު އިނގިރޭސިވިލާތައް ފުރާވަޑައިގެންފި / ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު ހާމަކޮށްފިއެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ސިޔާސީ މަގާމުތަކަށް މިހާރު ޢައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ ޢަދަދަކީ، 922 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ހާމަކުރައްވައިފިއެވެ.މި 922 މުވައްޒަފުން ޢައްޔަނު ކުރައްވާފައިވާ އެކި ގިންތިތައް؛- ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން- ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން- ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން- ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން- ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން- ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން- ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން- ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން- އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން- އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުންސިޔާސީ މަގާމުތަކަށް ޢައްޔަން ކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިޢުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން އައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދަށް، އަބަދުވެސް ބަދަލު އަންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.