ވެމްކޯ ޑީއެމްޑީ ޝަހީދު
ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަހީދު އިބްރާހިމް އެ މަގާމުން ވަކިކޮށްފިއެވެ.
ޝަހީދު މަގާމުން ވަކިކުރުމަކީ ސަރުކާރުގެ ނިންމުމެއް ކަމަށްވެސް ވެމްކޯއިން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް މިކަން އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން (ޕީސީބީ) އިން ހާމަކޮށްފައެއް ނުވެއެވެ.
ވެމްކޯގެ ޑީއެމްޑީކަމުން ޝަހީދު ވަކިކޮށްފައިވާއިރު އޭނާ އަށް އަދި އެކުންފުނީގައި އަހަރެއްވެސް ނުވެއެވެ. ޝަހީދު މި މަގާމަށް އައްޔަނުކޮށްފައިވަނީ މި އަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހެވެ.
ޝަހީދު އަކީ ޕީއެންސީގެ ސެނެޓު މެންބަރެއް އަދި އެ ޕާޓީގެ ގެމަނަފުށީ ދާއިރާގެ ރައީސެވެ.
ކޮމެންޓް