މާލެ ސިޓީ ކައުންސިލްގެ ވެރިންގެ ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކޮއްފި

މޭޔަރ އާދަމް އާޒިމް

މާލެ ސިޓީ ކައުންސިލްގެ މި އަހަރުގެ 7 ވަނަ ވެރިންގެ ބައްދަލުވުން މޭޔަރ އާދަމް އާޒިމްގެ އިސްނެންގެވުމުގެ ދަށުން ބޭއްވިއްޖެއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ހިންގުމާ ގުޅޭ މުހިންމު އެތައް ކަމެއްގެ މައްޗަށް މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ހުށަހެޅޭ އާރު.ޓީ.އައި ފޯމުތަކާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހޯދަން އެދޭ މަޢުލޫމާތުތައް އެ ފަރާތްތަކާ ހިއްސާކުރެވެމުންދާ މިންވަރު ބެލުން ހިމެނެއެވެ.

IMG_4667.jpeg

މީގެއިތުރުން، މާލެ ސިޓީ ކައުންސިލުން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ބިޒްނަސް އެކްޓިވިޓީ ރަޖިސްޓްރޭޝަނާ ގުޅޭ މުހިންމު މަޝްވަރާތަކެއްވެސް ކުރެވުނެވެ. އަދި ކައުންސިލަށް ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާގެ ތަފްސީލް ހޯދުމާ ގުޅޭގޮތުން ކުރެވިފައިވާ މަސައްކަތްތައް މުރާޖަޢާ ކުރެވުނެވެ.

ބައްދަލުވުމުގައި ޚާއްޞަ އިސްކަމެއް ދެވުނު އެއް ކަމަކީ ޑެޓް ކަލެކްޝަން ރިޕޯޓެއް ވީހާވެސް އަވަހަކަށް އެކުލަވާލުމުގެ މުހިންމުކަމެވެ. މި ރިޕޯޓަކީ ކައުންސިލަށް ލިބެންޖެހޭ ފައިސާތައް ހޯދުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް މުހިންމު މަޢުލޫމާތުތަކެއް ހިމެނޭނެ ރިޕޯޓެކެވެ.

މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ކައުންސިލްގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.