ރައީސް މުޙައްމަދު މުޢިއްޒު ސަލާންކުރައްވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ޝުކުރު އަދާކުރައްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ޕާޓްނަރޝިޕާ ގުޅޭގޮތުން ދިވެހި ސަރުކާރުން ފާޅުކުރެއްވި ޝުޢޫރުތަކާ އެކު އެމަނިކުފާނުވެސް ވަރަށް ފުރިހަމައަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށެވެ.
https://x.com/narendramodi/status/1883475046943080952?s=46&t=TXuSpvTAejR0Lr_pGUMnWg
"އަޅުގަނޑުމެން ވަޢުދުވަނީ މި އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުންތައް އިތުރަށް ފުންކުރުމަށް" މޯދީ ވިދާޅުވިއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމަކީ ސަރަޙައްދީ ތަރައްޤީއަށް މުހިންމު ބިންގަލެއް ކަމަށް ދެ ގައުމުގެ ވެރިން ޤަބޫލުކުރައްވައެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ގައުމުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް