ކުރީގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސްކަމުގެ މަޤާމުން، ކުރީގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓްގައި ކުރެއްވި ޓްވީޓެއްގައެވެ.
ފިރުޝާންގެ އިސްތިއުފާއާ ގުޅިގެން، ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމު މިވަގުތު ހުސްވެފައިވާއިރު، އައު ނައިބު ރައީސަކު އައްޔަންކުރުމާ މެދު ޕާޓީން އަދި އެއްވެސް އިއުލާނެއް ކޮށްފައެއް ނުވެއެވެ.
ހުސައިން ފިރުޝާނަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޑަވެލި ދާއިރާ ތަމްސީލުކުރެއްވި މެންބަރެވެ. އަދި އޭރު އެމަނިކުފާނު ހުންނެވީ މަޖިލީހުގެ ޕީޕީއެމް-ޕީއެންސީ ޕާލިމެންޓަރީ ގްރޫޕްގެ ވިޕްގެ މަޤާމުގައެވެ.
ފިރުޝާން ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެއެވެ.
ކޮމެންޓް