ކައުންސިލް
ރާއްޖޭގެ 28 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިޢުލާންކޮށްފިއެވެ.
ސީއެސްސީން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޤާމުތަކަށް މުސާރައާއި އެގްޒެކެޓިވް އެލަވަންސް ކަނޑައަޅާފައިވަނީ ދެ ރޭންކަކަށެވެ. އެގޮތުން ZV7-3 ރޭންކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 9,300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6,800 ރުފިޔާ ލިބޭނެއެވެ. ZV7-4 ރޭންކަށް މުސާރައިގެ ގޮތުގައި މަހަކު 8,835 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6,450 ރުފިޔާ ލިބޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، މި މަޤާމުތަކަށް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ލިބޭނެކަމަށްވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެސްޖީން ހޯދާ ރަށްތައް
އެސްޖީން ހޯދަނީ ހއ. ތަކަންދޫ، ހދ. ރިނބުދޫ، ހދ. ނޮޅިވަރަންފަރު، ށ. ފޭދޫ، ށ. ފީވަށް، ނ. ހެނބަދޫ، ނ. ވެލިދޫ، ރ. ވާދޫ، ރ. ރަސްމާދޫ، ރ. މަޑުއްވަރީ، ރ. އިންނަމާދޫ، ބ. ފެހެންދޫ، ބ. ހިތާދޫ، އއ. ފެރިދޫ، އއ. ތޮއްޑޫ، އދ. ހަންޏާމީދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ވ. ރަކީދޫ، ފ. ދަރަނބޫދޫ، ދ. ރިނބުދޫ، ދ. މާއެނބޫދޫ، ތ. ގާދިއްފުށި، ތ. ތިމަރަފުށި، ލ. ދަނބިދޫ، ލ. މުންޑޫ، ގއ. ކޮލަމާފުށި އަދި ގއ. ދެއްވަދޫގެ ކައުންސިލް އިދާރާތަކަށެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި 21 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް