މިނިސްޓަރ ޠާރިޤް އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި

އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އާއެކު މިނިސްޓަރ ޠާރިޤް

މި ބައްދަލުވުމަކީ ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވާ ރީފް ރިސިލިއެންޓް އެނަރޖީ އެފިޝެންޓް ފުވައްމުލައް (ރީފް) މަޝްރޫޢުގެ ފެށުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެއް

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ ޠާރިޤް އިބްރާހީމް، އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ޔޫ.އެން.ޑީ.ޕީގެ އޭޝިއާ ޕެސިފިކް ރީޖަނަލް ޑިރެކްޓަރ މިސް. ކަންނީ ވިގްނަރާޖާ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވާ ރީފް ރިސިލިއެންޓް އެނަރޖީ އެފިޝެންޓް ފުވައްމުލައް (ރީފް) މަޝްރޫޢުގެ ފެށުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް އަދި މިސް. ވިގްނަރާޖާ ވަނީ ތިމާވެށި އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ދިވެހިރާއްޖެ އާއި ޔޫ.އެން.ޑީ.ޕީ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ އިތުރު މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ރީފް މަޝްރޫޢަކީ ފުވައްމުލަކުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމާއި، ހަކަތައިގެ ޚަރަދު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.