ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވެއްޖެ

ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެއްޖެ އެވެ.

ބޮޑުތަކުރުފާނު މަގާއި، އަމީނީމަގަށް ވާ ގޮތަށް ހުންނަ ހައުސިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެފައިވާއިރު، އަލިފާން ނިއްވުމަށްޓަކައި ފުލުހުން އަންނަނީ އެ ސަރަހައްދުގައި ޙަރަކާތްތެރި ވަމުންނެވެ. އަލިފާން ރޯވެ މުޅި އެ ސަރަހައްްދުގައި ދުން ބޯވެފައިވާއިރު، އެ އިމާރާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގަ އެވެ.

ފުލުހުން ބުނީ މި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ ގެ ތަކުން މީހުން ނެރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށާއި، އެހެންކަމުން އެ ސަރަހައްދު ވަނީ އާއްމު ޓްރެފިކް އަށް ބަންދު ކުރެވިފައި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ލޭންޑު އަދި އާބާދީއާ ގުޅުން ހުރި މަސައްކަތް ކުރާ އިމާރާތުން ސާމާނު ހުސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހައުސިން މިނިސްޓްރީގެ ހަތަރު ފްލޯއެއްގައި އަލިފާން ރޯވެފައިވާއިރު، އިމާރާތުގައި ހުންނަނީ ވެސް ހަތަރު ފްލޯ އެވެ.

މިނިސްޓްރީގެ ބައެއް ސާމާނުތައް ވެސް މިވަގުތު ވަނީ ބޭރަށް ނެރެވިފައެވެ. އޭގެ ތެރޭގައި ބައެއް ކޮމްޕިއުޓަރު ސިސްޓަމް އަދި ޕްރިންޓަރުތައް ހިމެނެއެވެ. މިއީ މިނިސްޓްރީގެ ދެ ވަނަ ފްލޯ އަދި ކުރީގެ އެމްއެލްއެސްއޭ ބިލްޑިން (މިހާރު ހައުސިން މިނިސްޓްރީގެ ކޯޕަރޭޓް ޑިޕާޓްމަންޓު) ގައި ހުރި ބައެއް ސާމާނެވެ.

އަލިފާން ރޯވެގެން އުޅޭ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވަނީ ވަޑައިގެންފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.