މޭޔަރ އާދަމް އާޒިމް، ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް އަދި ކައުންސިލަރ އަލީ އައިމަން
މި ބައްދަލުވުމުގެ ހަވާސާގައި އެކި ސިޓީތަށް ތަމްސީލުކުރައްވަމުންދާ ފަރާތްތަކާއި ވަނީ އެކި ގޮތްގޮތުން މަޝްވަރާކޮށް، ގުޅުންތަށް ބަދަހިކޮށްފަ
މާލެ ސިޓީ ކައުންސިލުން ޗައިނާގެ ކުންމިންގ ގައި ކުރިޔަށްދާ އިންޓަރނޭޝަނަލް ޓުއަރިޒަމް އެލަޔަންސް އޮފް ސިލްކް ރޯޑް ސިޓީސްގެ ބައްދަލުވުމުގައި ބައިވެރިވެއްޖެއެވެ.
މި ޖަލްސާގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވަޑައިގަންނަވަނީ މޭޔަރ އާދަމް އާޒިމް، ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް އަދި ކައުންސިލަރ އަލީ އައިމަންއެވެ.
މި ބައްދަލުވުމުގައި މޭޔަރ އާދަމް އާޒިމް ވަނީ ބައްދަލުވުމުގެ ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މޭޔަރގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ކަނޑުދަތުރުކުރުމުގެ ތާރީޚަށް އަލި އަޅުއްވާފައެވެ. އޭގެއިތުރުން ރާއްޖެއަށް ޓުއަރިޒަމްގެ މުޙިންމުކަމާއި، ރާއްޖޭގައި ޓުއަރިޒަމް ފުޅާވެފައިވާވަރު ވެސް ހާމަކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޓުއަރިޒަމް ފުޅާކުރުމަށް ބައިވަރު ކަންތަށް ދަސްވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ ހަވާސާގައި މި އެލަޔަންސްގެ ސިޓީތަށް ތަމްސީލުކުރައްވަމުންދާ ފަރާތްތަކާއި ވަނީ އެކި ގޮތްގޮތުން މަޝްވަރާކޮށް، ގުޅުންތަށް ބަދަހިކޮށްފައެވެ.
މާލެ ސިޓީގެ ވަފުދުން ވަނީ އިންޓަރނޭޝަނަލް ފޯރަމް އޮން ކަލްޗަރަލް އެންޑް ޓުއަރިޒަމް ޑިވެލޮޕމެންޓް އޮފް ސިލްކް ރޯޑް ސިޓީސްގައިވެސް ބައިވެރިވަޑައިގެންފައެވެ. އަދި މި ފޯރަމްގެ ހަވާސާގައި ކުރިޔަށްދިޔަ ޕެނަލް ޑިސްކަޝެންއެއްގައި މޭޔަރ އާދަމް އާޒިމް ވަނީ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވަޑައިގެންފައެވެ.
މި އެލަޔަންސުންވަނީ މާލެ ސިޓީ ކައުންސިލަށް ހަނދާނީ ފިލާއެއްވެސް އަރުވާފައެވެ.
ކޮމެންޓް