ކުޅުދުއްފުށި އެއާޕޯޓްގެ
މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން މިއަދު ހެނދުނު ހދ. ކުޅުދުއްފުށްޓަށް ދަތުރުކުރަމުން ދިޔަ މޯލްޑިވިއަންގެ ބޯޓު ނުޖެއްސިގެން އަނބުރާ މާލެއަށް އައިސްފިއެވެ.
މޯލްޑިވިއަންގެ އެ ބޯޓު ކުޅުދުއްފުށްޓަށް ޖައްސަން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 9:40 ގައެވެ. ނަމަވެސް މޫސުން ގޯސްވެ ވައިބާރުވުމާ ގުޅިގެން ބޯޓު އެނބުރި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އައިސް ޖައްސާފައިވަނީ މިއަދު 11:00 ޖަހާއިރުއެވެ.
މިއަދުގެ މޫސުމާ ގުޅޭގޮތުން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ހުދު ސަމާލުކަން ނެރެފައެވެ. މި ސަމާލުކަން ދެމިއޮންނާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ މިހާރު ކުރަމުންމިދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް މޫސުން އަލިވާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށްވެސް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް