ފ. ނިލަންދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝަރޫއު - ފޮޓޯ: އެމްޓީސީސީ
ފ. ނިލަންދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 35 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ ނިލަންދޫ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ޑްރެޖިން އަދި ރީކްލެމޭޝަންގެ 58 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ސޭންޑް ބައިންޑް ވޯލްގެ 78 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ނިލަންދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.
މިއީ 390 ދުވަސްތެރޭ ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 2098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހާނެއެވެ. 1400 މީޓަރު ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ވެސް ހިމަނާފައިވެއެވެ.ނިލަންދޫގައި އެއާޕޯޓެއް އެޅުމަކީ ޕީޕީއެމްގެ ކުރީގެ ސަރުކާރުން ވެސް ގެންގުޅުނު ތަސައްވުރެކެވެ. ރައީސް ސޯލިހްގެ ސަރުކާރުން އެ ސިޔާސަތަށް ބަދަލު ގެނައީއެވެ. މި ސަރުކާރުން އަލުން އެ މަސައްކަތް ވަނީ ފަށާފައެވެ.
ކޮމެންޓް