ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނުގެ މައްޗަށް: ރައީސް ޑރ. މުޢިއްޒު

ރައީސް ޑރ. މުޢިއްޒު

މިއަހަރުގެ ޑިމޮކްރަސީ ދުވަސް ހާއްސަކޮށްފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ހެޔޮވެރިކަމަކަށް ބާރުއެޅުމަށް ކުރެވޭނެ މަސައްކަތްތައް ފާހަގަ ކުރުމަށް

ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިރައްޔިތުން ޤަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށްކަމަށެވެ.

ޑިމޮކްރަސީ ދުވަސް ފާހަގަ ކުރަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަދަނީ ޙައްޤުތަކާއި ޤާނޫނީ ވެރިކަން ދެމެހެއްޓުމުގެ މުހިއްމުކަން ހާމަކުރުމަށެވެ. އދ.އިން މިއަހަރުގެ ޑިމޮކްރަސީ ދުވަސް ހާއްސަކޮށްފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ހެޔޮވެރިކަމަކަށް ބާރުއެޅުމަށް ކުރެވޭނެ މަސައްކަތްތައް ފާހަގަ ކުރުމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރާ ޑިމޮކްރަސީ ދުވަހެވެ.ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަން ފުރަތަމަ ފެށީ 2008 ވަނަ އަހަރު އެވެ. އެއީ ރާއްޖެއަށް ވެސް ޑިމޮކްރަސީ ތައާރަފްވެ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ރިޔާސީ އިންތިހާބެއް ފުރަތަމަ ބޭއްވި އަހަރެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.