ބްރޮންޒް މެޑަލް ހޯދި ޓީމާއެކު ކުޅިވަރާއި ބެހޭ ވުޒާރާގެ އިސް ބޭފުޅުން
ރާއްޖެއިން ވަނީ ދެ ބްރޯންޒް މެޑަލް ހޯދާފަ, އެއީ ފިރިހެން ކުދިންގެ 4 ގުނަ 100 މީޓަރު ރިލޭ އިންނާއި، އަންހެން ކުދިންގެ 4 ގުނަ 100 މީޓަރ ރިލޭ އިން
4 ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން މެޑަލް ހޯދި ޖޫނިއާ އެތުލެޓިކްސް ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.
ސަރަހައްދީ ޖޫނިއާ މުބާރާތުގައި ވާދަކުރުމަށްފަހު ޤައުމީ ޖޫނިއާ އެތުލެޓިކްސް ޓީމް އެނބުރި މާލެ އައުމުން، މަރުޙަބާ ދެންނަވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ދެ ސްޓޭޓް މިނިސްޓަރުންކަމަށްވާ މުޙައްމަދު ރިޔާޟް އާއި އަބްދުއްރައްޒާގް އިބްރާހިމްގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަންގެ އިސްވެރިންނެވެ.
ދާދި ފަހުން އިންޑިއާގެ ޗެންނާއީގައި ކުރިއަށްދިޔަ ސަރަހައްދީ އެތުލެޓިކްސް މުބާާރާތުން ދިވެހިރާއްޖެއިން ވަނީ ދެ ބްރޯންޒް މެޑަލް ހޯދާފަ އެވެ. އެއީ ފިރިހެން ކުދިންގެ 4 ގުނަ 100 މީޓަރު ރިލޭ އިންނާއި، އަންހެން ކުދިންގެ 4 ގުނަ 100 މީޓަރ ރިލޭ އިންނެވެ.
މެޑަލް ހޯދި އަންހެން ޓީމްގައި ހިމެނެނީ ހައްވާ މުޒްނާ ފާއިޒް، އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު އަދި މަރިޔަމް ރޫޔާ އަލީ އެވެ. އަދި ފިރިހެން ޓީމްގައި ހިމެނެނީ ހުސެއިން ޒީކް ސުއާދު، އިބްރާހިމް ނާހިލް ނިޒާރު، މުހައްމަދު ޒުއިޒް ސުއާދު އަދި މުހައްމަދު މިންހާލް ޝާމިން އެވެ.
ކޮމެންޓް