މަޖިލީހުގައި "ގެދޮރުވެރިކަމުގެ ކޮމިޓީ" އެއް އުފައްދައިފި

މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އަބްދުއްރަޙީމް

ކުރިން އޮންނަނީ މަޖިލީހުގެ ދާއިރާގެ ތެރޭގައި އޮންނަ ދާއިމީ ތިން ކޮމިޓީއަކާއި ދައުލަތުގެ އިދާރާތަކާ ބެހޭ ދާއިމީ 15 ކޮމިޓީއެއް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި "ގެދޮރުވެރިކަމުގެ ކޮމިޓީ" ގެ ނަމުގައި އައު ކޮމިޓީއެއް އުފައްދައިފިއެވެ.

މި ކޮމިޓީއަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ހެދިފައިވާ ކޮމިޓީއެކެވެ. މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރިން އޮންނަނީ މަޖިލީހުގެ ދާއިރާގެ ތެރޭގައި އޮންނަ ދާއިމީ ތިން ކޮމިޓީއަކާއި ދައުލަތުގެ އިދާރާތަކާ ބެހޭ ދާއިމީ 15 ކޮމިޓީއެކެވެ. "ގެދޮރުވެރިކަމުގެ ކޮމިޓީ" އިތުރުކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދު 115 ވަނަ މާއްދާ އަށް އަކުރެއް އިތުރުކޮށްގެނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާ ފައްޓަވަމުން ވިދާޅުވީ އައު ކޮމެޓީގައި މެންބަރުން ތަމްސީލު ކުރައްވާނެ ގޮތުގެ ރިޕޯޓު މެންބަރުންނަށް ހިއްސާކުރެވިފައިވާ ކަމަށާއި އެ ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމާމެދު ވޯޓަށް އެހުން މިއަދުގެ ވޯޓު ގަޑީގައި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގަވާއިދުުގައި ބުނާގޮތުން ގެދޮރުވެރިކަމުގެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ގެދޮރުވެރިކަމާގުޅޭ ކަންކަން ދިރާސާކުރުމައި ބޯހިޔާވަހިކަމާގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި ގެދޮރުވެރިކަމާ ގުޅޭ އިދާރާތަކާ ގުޅުންހުރި ކަންކަން ކުރުމެވެ.

އެގޮތުން ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާގޮތް ބަލައި، އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާއި މަސައްކަތްތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރުއެޅުން ހިމެނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.