މިއަދުގެ ޖަލްސާ ތެރެއިން
ރުހުންދީފައިވަނީ ތުރުކީއަށް އައްޔަނުކުރާ ސަފީރަށާއި ޕާކިސްތާނަށް އައްނުކުރާ ސަފީރަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަން ކުރެއްވި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
އެގޮތުން ތުރުކީއަށް ރާއްޖޭން ކަނޑައަޅާ ސަފީރަކަށް ރިޓަޔާރޑް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް އައްޔަނުކުރުމަށާއި ޕާކިސްތާނަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި މުޙައްމަދު ޠާހާ އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފައިވެއެވެ.
އެ ދެބޭފުޅުންނަށް ރުހުން ދޭން ފެނޭތޯ މަޖިލީހުގައި ވަކިވަކިން ނެގި ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ގޮތަށް ދެ ޤައުމަށްވެސް ސަފީރުން ޢައްޔަން ކުރުމަށް ރުހުން ދިނުމަށް 82 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މި ދެ ބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު އެވެ.
ކޮމެންޓް