59 މަޝްރޫއެއް މިއަހަރު ނިމޭނެ: ސީއީއޯ ސައުދީ

ސީއީއޯ ސައުދީ (ވ) އެމްޓީސިީސގެ އެހެން މުވައްޒަފުން ތަކަކާއިއެކު / ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީއާ ހަވާލުކޮށްފައިވާ 59 މަޝްރޫއެއްގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސައުދީ ވިދާޅުވީ ހާއްސަ މަޝްރޫއުތަކުގެ ގޮތުގައި މި އަހަރު ހަވާލުކޮށްފައިވާ 20 މަޝްރޫއަކާއި މިހާރު ކުރިއަށްދާ 39 މަޝްރޫއު ހިމެނޭހެން ޖުމުލަ 59 މަޝްރޫއެއްގެ މަސައްކަތް މިއަހަރު ނިންމާލެވިގެންދާނެ ކަމަށެވެ.

އަދި އަންނަ އަހަރު 72 މަޝްރޫއެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ސައުދީ ވަނީ ވިދާޅުވެފައެވެ. ސައުދީ ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިއަށް ދާގޮތުން 2028 ވަނަ އަހަރުގެ ފަހު ކުއާޓާއާއި ހަމައަށް ދާއިރު ނުނިމި ހުންނާނީ 4 ވަރަކަށް މަޝްރޫއު ކަމަށެވެ.

އެއާއެކު މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް ވީހާވެސް އަވަހަކަށް ނިންމުމަމަށްޓަކައި ސަރުކާރުގެ އެކި ވުޒާރާ ތަކާއި ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށް ސައުދީ ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވޭތުވެދިޔަ 44 އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީ އަދި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.