ތަފާތު އުމުރުގެ ކުދިންނާއި އެކި ގޮތްގޮތަށް ގުޅުން ބަދަހިކުރަންޖެހޭ: ސާޖިދާ

ޔުނިސެފްގެ ރެޕްރެސެންޓޭޓިވް އާއި ސާޖިދާ ބައްދަލުކުރައްވަނީ

ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ގުޅުން ބަދަހިކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ސާޖިދާ ފާހަގކުރެއްވި

 ތަފާތު އުމުރުގެ ކުދިންނާއި އެކި ގޮތްގޮތަށް ގުޅުން ބަދަހިކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ސާޖިދާ މިހެން ފާހަގަކުރެއްވީ ބަނަލަޤްވާމީ ބެލެނިވެރިކަމުގެ މަސް ފާހަގަކުރަން ޔުނިސެފްއިން ނެރެފައިވާ ވީޑިއޯއެއްގައެވެ. މި ވީޑިއޯގައި ސާޖިދާ ވަނީ އަމިއްލަ ތަޖުރިބާގެ އަލީގައި ބެލެނިވެރިކަމުގެ އުކުޅުތަށް ކިޔާދެއްވާފައެވެ.

އެގޮތުން ސާޖިދާ ވިދާޅުވީ ދަރިން ޒިންމާދާރުކޮށް ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށެވެ. އެކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ގުޅުން ބަދަހިކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.

"އެ ގުޅުން ބަދަހިކުރުމަށްޓަކައި ތަފާތު އުމުރުގެ ކުދިންނާއި އެއްކޮށް އެކި ގޮތްގޮތަށް މި ގުޅުން ބަދަހިކުރަން މިޖެހެނީ. އެގޮތުން ވަކިން ހާއްސަކޮށް ކުޑަކުދިންނާއި އެކީ ގުޅުން ބަދަހިކުރާނަމަ އެކުއްޖާއާއި އެކީ އެކުއްޖާގެ ލެވެލްގެ އެކްޓިވިޓީތަކުގައި އަޅުގަނޑުމެން އެބަޖެހޭ ބައިވެރިވާން" ސާޖިދާ ހިއްސާކުރެއްވިއެވެ.

އެގޮތުން ފުރާވަރުގެ ކުދިން ގެންގުޅުމުގައި އެކުއްޖާއަކީ މައިންބަފައިންގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ގެންގުޅެން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ. އެގޮތަށް އަމަލުނުކުރާނަމަ މައިންބަފައިންނާއި މެދު ކުދިން ބަހައްޓަވާ އިތުބާރު އުފެދިގެން ނުދާނެ ކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ. ހަމަ އެއާއެކު، މާހައުލުގައި ފެންނަ ނޭދެވޭ ކަންކަމުން ކުދިން ސަލާމަތްވެގެންދިއުމަށް އެހީތެރިވެދޭނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.