ރޯވި ހުޅުގަނޑު ނިއްވާލަނީ
މާލޭގެ އިމާރާތެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައި ވަނީ މ. ހައުސް ޕްލާޒާ ގޭގައެވެ.
މ.ޝީ ބިލްޑިންގް ކުރިމަތީގައި ހުންނަ ހައުސްޕްލާޒާގެ އަކީ މީހުން ނޫޅޭ ބާ އިމާރާތެކެވެ.
އެތަނުގައި މިދިޔަ އަހަރު ވެސް އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު ހިނގި މި ހާދިސާއާއި ގުޅިގެން އެތަނުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ވެސް ކުރިއެވެ.
ކޮމެންޓް