ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވެއްޖެ

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު މިއަދު އައިޖީއެމްއެޗްގައި އަވަހާރަވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅަކަށް ދިގު މުއްދަތަކަށް ފަރުވާ ހޯއްދަވަމުން ގެންދެވުމަށް ފަހުގައެވެ.

އަޙްމަދު ރަޝީދުގެ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ "މަރްޙޫމް އަޙްމަދު ރަޝީދަކީ ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެއް" ކަމުގައި ފާހަގަކުރައްވާފައެވެ. އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލެހެއްޓެވުން އެދި ދުޢާ ކުރައްވާފައިވެއެވެ.

އަޙްމަދު ރަޝީދަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލުކުރެއްވި ޕީޕީއެމްގެ މެންބަރެކެވެ. ނިޔާވިއިރު އޭނާއަކީ ސަރުކާރު ހިންގާ ޕީއެންސީގެ އިސްފަންތީގައި ހަރަކާތްތެރިވަމުން އައި ފަރާތެކެވެ.

ސިޔާސީ މައިދާނުގައި އަޙްމަދު ރަޝީދު ވަނީ ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޕީޕީއެމް/ޕީއެންސީ އޮތް ދުވަސްވަރު އެތެރޭގެ އިންތިޚާބުތައް ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމަށްފަހު ވެސް ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތްކުރައްވަމުން ގެންދެވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.