ފަލަސްތީނުގެ ރައްޔިތުން
މިއީ ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކުރިމަތިވި އެންމެ ދަތި އީދު ކަމަށް ފަލަސްތީނުގެ ރައްޔިތުން ބުނެފިއެވެ.
އީދަކީ މުސްލިމުންނަަަަށް އަންނަ އުފާވެރި ދުވަސްތަކެވެ. އެހެން ނަމަވެސް ޣައްޒާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އެ އުފަލެއް ނެތެވެ. ގަތުލުއާންމު ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. އީދެއް ކަމަކު ހިނިތުންވުމެއް އުފަލެއް އެއްވެސް ވަރަކަށް ޣައްޒާ ރައްޔިތެއްގެ ކިބައިން ފެނިގެން ނުދެއެވެ.
"މިއީ މިހާތަނަށް ފެނުނު އެންމެ އުނދަގޫ އަދި ދަތި އީދު. ހީވެސް ނުކުރާ ވަރުގެ އިގްތިސާދީ އަދި އިންސާނީ ތަކުލީފުތަކަކާއި ރައްޔިތުން ކުރިމަތިވަމުންދާ މަންޒަރު ދަނީ ފެންނަމުން،". ޣައްޒާއަށް ނިސްބަތްވާ އިބްރާހިމް އަހްމަދު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުންޏެވެ.
އޭނާ ކިޔާދިން ގޮތުގައި މީގެ ކުރީގައި އީދުތަކުގައި ވެސް މިސްކިތްތަކަށް ޖަމާވީ ހަމަޖެހުމާއި އުފާވެރި މާހައުލެއްގައެވެ. ނަމަވެސް މިހާރު މިސްކިތް ހަލާކުވެފައިވާއިރު، ކުނިތަކެއްގެ ތެރޭގައި ނަމާދު ކުރާ މަންޒަރު ފެންނަ ކަމަށް ބުނެފައި ވެއެވެ.
ސައީދު ނަސްރު ނަމަކަށް ކިޔާ ފިރިހެން ކުއްޖަކު ބުނީ މި އަޟްހާ އީދުގައި ކުރިމަތިވެފައި ވަނީ "ހިތްފަޅައިގެންދާ ފަދަ ހާލަތެއް" ކަމަށެވެ.
"އީދަށް ފޭރާމެއް ގަނެވޭނެ ގޮތެއް ނެތް، މެޓަލާއި، ކަތިލާނެ ޖަނާވެރެއްވެސް ނުލިބޭ، އަަޅުގަނޑުމެން މި ތިބީ ހަލާކުގެ ތެރޭގައި،". އޭނާ ބުންޏެވެ.
ނިރުބަވެރިން އީދުގެ ފުރަތަމަ ދުވަހު ވެސް 30 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
ކޮމެންޓް