ހުސްނުއް ސުއޫދު
ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ހުސްނުއް ސުޢޫދުގެ އިސްތިއުފާގެ ސިޓީ ބައެއް މީޑިޔާތަކަށް ވަނީ ޙިއްސާކުރައްވާފައެވެ.
އޭނާ އިސްތިޢުފާ ދެެއްވާފައި މިވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމާފައި ވަނިކޮށް ސުއޫދު ހިމެނޭހެން ތިން ފަނޑިޔާރެއް ސަސްޕެންޑުކޮށް އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައި ވަނިކޮށެވެ.
4 މާރޗް 2025 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުޢޫދު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު 6 ވަނަ އިސްލާހަކީ 2008 ގެ ޤާނޫނުއަސާސީގެ އަސްލުތަކާއި އުސޫލުތަކާ ޚިލާފު ބާޠިލު އިސްލާހެއްތޯ ބެލުމުގެ މައްސަލައިގައި ސަރުކާރުން ނުރަނގަޅު ނުފޫޒު ފޯރުވަމުންދާކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
ސުއޫދު ވިދާޅުވީ ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ހުށަހެޅިފައިވާ މައްސަލަ ނިންމުމަށް މައްސަލަ އަށް ނުފޫޒު ފޯރުވަމުން ގެންދަވާތީ އެކަމާ އިހްތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިހިނދުން އިސްތިއުފާ ދެއްވީ ކަަމަށެވެ.
އޭނާ އިސްތިޢުފާ ދެއްވިއިރު، 26 ފެބްރުއަރީގައި ކުއްލިގޮތަކަށް ސަސްޕެންޑްކުރެވުނު ފަނޑިޔާރުންނަކީ ހުސްނުއްސުޢޫދު މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރެވެ. މި ހާދިސާ ހިނގީ މެންބަރުން ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭގޮތަށް ގެނެވުނު އިސްލާހާ ގުޅިގެން ވަގުތީ އަމުރަކަށް އެދި ހުށަހެޅުނު މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށެވެ.
ކޮމެންޓް