އެމްޕީއެލް އީދުއުފާ ސްޓޯލް މިފަހަރު އޮންނާނީ ސެންޓްރަލް ޕާރކްގައި

އެމްޕީއެލް ކުޑަކުދިންގެ ހަވީރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަހަރުގެ އީދު އުފަލުގައި ބައިވެރިވުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ޚާއްޞަ ސްޓޯލްއެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްޓޯލްގައި ދިވެހި ވާހަކަތައް އައު ގޮތަކަށް ހުށަހެޅުމަށް ވަނީ ރޭވިފައެވެ.

ޖޫން 6 އިން 8 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާ މި ހަރަކާތުގައި ތަފާތު ކާޓޫން ކެރެކްޓަރުތަކާއި އެކު ކުޑަކުދިންނަށް ޚާއްޞަ މަޖާ ގޭމްތައް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ދިވެހި ވާހަކަތައް މޮޑަން އަދި ޖާދޫއީ ގޮތަކަށް ހުށަހެޅުމަށްވެސް ވަނީ ރޭވިފައެވެ.

އެމްޕީއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ވިދާޅުވީ، "މިއީ އާއިލާތަކާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް. ޚާއްޞަކޮށް ކުޑަކުދިންނަށް ދިވެހި ވާހަކަތަކާ ގާތްކުރުވުމަށް މަގުފަހިވެގެންދާނެ ހަރަކާތެއް" ކަމުގައެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޓިކެޓެއް ނުވަތަ ވަކި ފީއެއް ނަގާކަށް ހަމަޖެހިފައި ނުވާއިރު، އާއިލާތަކާއެކު ވަޑައިގެން އީދު އުފަލުގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށްވެސް ހުޅުވާލެވިފައިވެއެވެ.

އެމްޕީއެލްއިން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދަނީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުގެ އެކި ފަންތީގެ ރައްޔިތުންނާ ގުޅުން ބަދަހިކޮށް، އުފާވެރި މާހައުލެއް ޤާއިމްކުރުމުގެ މަޤްޞަދުގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.