މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އަބްދުއްރަޙީމް
ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އަބްދުއްރަޙީމް ވިދާޅުވި
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުރަޙީމް އަބްދުﷲ ތައުރީފު ކުރައްވައިފިއެވެ.
އަބްދުއްރަޙީމް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ގައުމުގެ ހާލަތު ތެދުބަހުން ބަޔާންކޮށްދެއްވައި، ގައުމުގެ އަދުގެ ހާލަތުގެ މައްޗަށް ފިކުރުފުޅު ހިންގަވާ ގައުމުގެ މާދަމައަށްޓަކައި މިއަދު އަޅުއްވަންޖެހި ވަޑައިގަންނަވާ ފިޔަވަޅުތައް ހިކުމަތްތެރިކަމާ ވިސްނުންތެރިކަމާއެކު އަޅުއްވަމުން ގެންދެވުމަކީ ގައުމުދެކެ ލޯބިވެ ވަޑައިގަންނަވާ ވެރިންގެ އެންމެ ހަރުދަނާ ސިފަކަމަށެވެ. ްަދި ރައީސް މުޢިއްޒު ދިވެހި އިޤްތިސާދު ކޮޅަށް ޖައްސަވައި، އުފާވެރި، ފުދުންތެރި، ރައްކާތެރި ދިވެހީންގެ ރާއްޖެއެއް ބިނާ ކުރެއްވުމުގެ މަސައްކަތްޕުޅު ކުރައްވަމުން ދާކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.
އަބްދުއްރަޙީމް ވަނީ ރައީސް ޑރ.މުޢިއްޒު ފައްޓަވައިގެން ކުރިޔަށް ގެންދަވާ ގައުމީ މަސައްކަތްޕުޅުގައި ހުރިހައި ދިވެހީން ގައުމީ ރޫހުގައި ބައިވެރިވާން ގޮވާލާފައެވެ. އަބްދުއްރަޙީމް ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ރައީސް ޑރ. މުޢިއްޒު ކުރިޔަށް ގެންދަވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.
ކުރީ ސަރުކާރުން ރާއްޖޭގެ އިޤްތިސާދު ވައްޓާލާފައިވާ ފުން ވަޅުގަނޑުން އަރައިގަތުމަށް މިސަރުކާރުން ފިޔަވަޅުތައް އަޅަމުންދާކަން ހާމަ ކުރައްވައި ރައީސް ޑރ މުއިއްޒު މިހާރު ވަނީ ސިޔާސީ މަގާމުތައް މަދުކޮށް، ދައުލަތުގެ ހަރަދުކުޑަކުރުމަށް ނިންމަވާފައެވެ
ކޮމެންޓް