މަގުމަތީގައި ފެންގަނޑު ބޮޑުވެފައި
މެޓް އޮފީހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް މާލެއަށް 130.7 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން ދަނީ މާލޭގެ އަށް ސަރަހައްދެއްގައި 19 ޕަންޕު ބަހައްޓައިގެން ފެން ހިއްދުމުގެ މަސައްކަތް ކުރަމުންނެވެ.
މެޓް އޮފީހުން ބުނީ މިއަދު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކޮމެންޓް