10 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި 51 އަހަރުގެ މީހާ 30 ދުވަހަށް ބަންދުކޮށްފި

ކްރިމިނަލް ކޯޓު

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ދެކުނުގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން އުމުރުން 51 އަހަރުގެ ފިރިހަނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިއަދު އެވެ.

ސައުތު ސެންޓްރަލް ޕޮލިސް (މ.، ފ.، ދ.، ތ. އަދި ލ. އަތޮޅު) ހިމެނޭ ރަށެއްގައި ހިނގި މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވާއިރު ފުލުހުން މިރޭ ބުނީ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ 30 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު މިފަދަ ގިނަ މައްސަލަތަކުގައި ހައްޔަރު ކޮށްފައި ވަނީ އާއިލީ ގޮތުން ގުޅުން ހުންނަ، ދަންނަ ގާތް މީހުން ނުވަތަ ޒިންމާދާރު މަގާމެއްގައި ހުންނަ މީހުންކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ކަމާއި ގުޅުން ހުރި މުވައްސަސާ ތަކުންވެސް އަންނަނީ ކުދިންނާއި، ބެލެނެވެރިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.