އުމްރާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

ހުސެއިން މުހައްމަދު ދީދީ

އުމްރާ އަށް ދިޔަ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަނީ ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕާއެކު ސައުދީ ޢަރަބިއްޔާއަށް ދިޔަ ޏ. ފުވައްމުލަށް/ ސްޓެއްލާ، ޢުމުރުން 63 އަހަރުގެ ހުސެއިން މުހައްމަދު ދީދީއެވެ. އުމްރާގެ އަޅުކަން އަދާކުރުމަށް އޭނާ ސަޢުދީއަށް ދިޔައީ އިއްޔެގެ ވަގުތެއްގައެވެ.

ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނީ ހުސެއިން ގެއްލުނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސައީ ކުރަނިކޮށް އާއިލާއާ ވަކިވެގެން ކަމަށެވެ. ހުސެއިން ގެއްލުނު އިރު ހުރީ އިހުރާމުގައިކަމަށާއި އޭނާގެ ކަރުގައި ޖަމާއަތުގެ ފާސް ވެސް އަޅާފައިވާކަމަށެވެ..

މައްކާއިން ގުޅޭނެ ނަމްބަރު: 593709492 966+ / 565836862 966+ އަދި މާލެއިން ގުޅޭނެ ނަމްބަރު: 9199919 / 7901612 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެ ޖަމާއަތުން ވަނީ އެދިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.