ދުވާފަރު ދަންޑަހެލު ކަޕް 2025 އަށް ހުޅުވާލައިފި

ދުވާފަރު ފުޓުބޯޅަ ޓީމު

ރ. އަތޮޅުގައި ބާއްވާ ފުޓުބޯޅައިގެ އެންމެ އަގުބޮޑު މުބާރާތް ކަމުގައިވާ "ދުވާފަރު ދަންޑަހެލު ކަޕް 2025" އަށް ބައިވެރިވުމުގެ ފުރުޞަތު މިއަދު ދުވާފަރު ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.

ދުވާފަރު ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނީ 10 ޖޫން 2025 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދުވާފަރުގެ ޓީމުތަކަށް ކަމުގައިވީ ނަމަވެސް، ކޮންމެ ޓީމަކަށްވެސް ރަށުން ބޭރުގެ 5 ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނެއެވެ. އެހެންނަމަވެސް، އެއްފަހަރާ ކުޅެން އެރޭނީ ރަށުން ބޭރުގެ 3 ކުޅުންތެރިންނަށެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 4 ޖުލައި 2025 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައެވެ. މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނަކީ ޑާކް ޕާކް ސްޕޯޓްސް ކުލަބު ކަމަށްވާއިރު، ރަނަރަޕްއަކީ ކުލަބު އިލެވެން އެޓޭކްއެވެ. މި އަހަރުގެ މުބާރާތުގައިވެސް ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"މި މުބާރާތަކީ ދުވާފަރުގެ ޒުވާނުންނަށް ވަރަށް މުހިންމު މުބާރާތެއް. މީގެ ސަބަބުން ޒުވާނުންގެ މެދުގައި އެކުވެރިކަން އިތުރުވެ، ކުޅިވަރުގެ ރޫޙު އާލާވެގެންދާނެ. އަޅުގަނޑުމެން އުންމީދުކުރަނީ މިއަހަރުވެސް ކުރީ އަހަރުތަކެކޭ އެއްފަދައިން ގިނަ ޓީމުތަކެއް ބައިވެރިވެ، ފޯރިގަދަ މުބާރާތަކަށް ވެގެންދިއުން،" މިހެން ވިދާޅުވީ ދުވާފަރު ކައުންސިލުގެ ރައީސް ހަސަން ޙަކީމްއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދުވާފަރު ކައުންސިލުން ޙާއްސަކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. އަދި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ދުވާފަރު ކައުންސިލުގެ އިދާރާއިން ލިބިވަޑައިގަންނަވާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

https://drive.google.com/drive/folders/1NlWvgv6eB_JuUhjFJ5NyUW1vkgqLSAzo?fbclid=IwY2xjawKf2zZleHRuA2FlbQIxMABicmlkETFEZG5FMnVhQ2d1cDZzYW5JAR7eN2ouAJW0wlfEYXVNpYiiaRLX-SL-MfaFuHYfOsc4_jBXy45iVCNFl1pfpw_aem_Z56QnlrPN

leidsjYG9dFDA

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.