އައި.ޔޫ.ސީ.އެންގެ 8 ވަނަ އޭޝިއާ ރީޖަނަލް ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޠާރިޤު އިބްރާހިމް ފުރާވަޑައިގަންނަވައިފި

މިނިސްޓަރ ޠާރިޤު

"ރީއިމެޖިނިންގ ކޮންޒަވޭޝަން އިން އޭޝިއާ: އޭ ނޭޗަރ ޕޮޒިޓިވް ފިއުޗަރ" މި ތީމްގެ ދަށުން ބޭއްވޭ މި ފޯރަމްގައި އޭޝިއާ ސަރަހައްދުގެ ގިނަ ޤައުމުތަކެއްގެ ތިމާވެށީގެ ދާއިރާގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ

އައި.ޔޫ.ސީ.އެންގެ 8 ވަނަ އޭޝިއާ ރީޖަނަލް ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޠާރިޤު އިބްރާހިމް ފުރާވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމް މިއަދު ވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްއަށް ވަޑައިގެންފައެވެ. މިނިސްޓަރ ވަޑައިގަތީ ސެޕްޓެމްބަރ 3 އިން 5 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އައި.ޔޫ.ސީ.އެންގެ 8 ވަނަ އޭޝިއާ ރީޖަނަލް ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

"ރީއިމެޖިނިންގ ކޮންޒަވޭޝަން އިން އޭޝިއާ: އޭ ނޭޗަރ ޕޮޒިޓިވް ފިއުޗަރ" މި ތީމްގެ ދަށުން ބޭއްވޭ މި ފޯރަމްގައި އޭޝިއާ ސަރަހައްދުގެ ގިނަ ޤައުމުތަކެއްގެ ތިމާވެށީގެ ދާއިރާގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ފޯރަމްގައި އޭޝިއާ ސަރަހައްދުގެ ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ.

މިނިސްޓަރ ޠާރިޤް އިބްރާހީމް މި ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށް ބެލެވެއެވެ. އަދި މި ދާއިރާއިން އެހެން ޤައުމުތަކުގެ ތަޖުރިބާ ހޯއްދަވައި، އިތުރު އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.