ވެމްކޯ ހަފްލާއެއްގައި
ކޮކޯއަކީ ފުޓްސަލް ދާއިރާގައި ގިނަގުނަ ކާމިޔާބީ ތަކެއް ހޯދާފައެވެ.
އަލީ ނަދީމް ނުވަތަ މައްޝޫރު ނަމުން ނަމަ ކޮކޯ އަކީ ކުޅިވަރު ދާއިރާގައި، ހާއްސަކޮށް ފުޓްސަލްގައި އެތަކެއް ކާމިޔާބީ ތަކެއް ހޯދާފައިވާ ފަރާތެކެވެ. ސަކަ މިޒާޖެއް ހުއްނަ ކޮކޯއަކީ ކޮންމެ މީހަކާވެސް ގުޅޭ އެކުވެރި މީހެކެވެ.
ކޮކޯ ފުޓްސަލްގެ ދުނިޔެއަށް ތައާރަފް ވެގެން ދިޔައީ ފުޓުބޯޅަ ކުޅުމުގެ ތެރެއިންނެވެ. ފުޓްސަލްގައި ކޯޗެއްގެ ގޮތުން ހަރަކާތްތެރިވާން ނިންމީ އެކަށީގެންވާ ސްޓްރެޓަޖީއެއް ބޭނުންކޮށްގެން މޮޅުވުމުގެ ފުރުސަތު ފުޓްސަލްގައި އޮތީމައެވެ. އަދި ބޭރު ލީގުތަކުގެ ކޯޗުން ގެންގުޅޭ ސްޓްރެޓަޖީތަށް ބަލައި ދިރާސާކޮށް ރާއްޖެއަށް ފެތޭގޮތަށް ކުޅުން ބައްޓަން ކުރެވޭނެކަން ޔަގީންވާތީ ކަމަށް ކޮކޯ ބުނެއެވެ. އެގޮތުން ކޮކޯ ވަނީ އޭއެފްސީގެ ފުޓްސަލް ކޯޗިންގ ގެ ލެވެލް 1 މެލޭޝިއާގައި ހަދާފައެވެ.
ފުޓްސަލް ކޯޗަކަށްވުމަށްފަހު ކޮކޯވަނީ ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ކޮކޯ އެކި ޓީމުތަކާއެކު ވަނީ ރަން ވަނަ ތަކެއް ހޯދާފައެވެ. ކޮކޯގެ ބަޔެއް ކާމިޔާބީ ތަކަށް ބަލާލަން ހިނގާށެވެ. ކޮކޯ ވަނީ:
ޓެކާސް މޯލްޑިވްސް ކަޕްގައި ގދ. ވާދޫގެ ހެޑް ކޯޗަކަށް ހުރެ 2022 ގައި ޒޯން ޗެންޕިއަންކަން ހޯދާފަ
ޓެކާސް މޯލްޑިވްސް ކަޕްގައި ގދ. ވާދޫގެ ހެޑް ކޯޗަކަށް ހުރެ 2022 ގައި ސައުތް ޗެންޕިއަންކަން ހޯދާފަ
ޓެކާސް މޯލްޑިވްސް ކަޕް 2022 ގައި ގދ. ވާދޫގެ ހެޑް ކޯޗަކަށް ހުރެ ޗެންޕިއަންކަން ހޯދާފަ
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ގދ. ވާދޫގެ އެސިސްޓަންޓް ކޯޗަކަށް ހުރެ 2022 ގައި އަތޮޅު ޗެންޕިއަންކަން ހޯދާފަ
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ގދ. ވާދޫގެ އެސިސްޓަންޓް ކޯޗަކަށް ހުރެ 2022 ގައި ޒޯން 6 ގެ ޗެންޕިއަންކަން ހޯދާފަ
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ގދ. ވާދޫގެ ހެޑް ކޯޗަކަށް ހުރެ 2023 ގައި އަތޮޅު ޗެންޕިއަންކަން ހޯދާފަ
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ގދ. ވާދޫގެ ހެޑް ކޯޗަކަށް ހުރެ 2023 ގައި ޒޯން 6 ގެ ޗެންޕިއަންކަން ހޯދާފަ
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ގދ. ވާދޫގެ ހެޑް ކޯޗަކަށް ހުރެ 2024 ގައި އަތޮޅު ޗެންޕިއަންކަން ހޯދާފަ
ކުލަބް މޯލްޑިވްސް 2023 ގައި ފެނަކައިގެ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރެ ޗެންޕިއަންކަން ހޯދާފަ
ކުލަބް މޯލްޑިވްސް 2023 ގައި ވެމްކޯގެ އެސިސްޓަންޓް ކޯޗަކަށް ހުރެ ޗެންޕިއަންކަން ހޯދާފަ
ގޮޅި ފުޓްސަލް ޗެލެންޖް 2024 ގައި ޗެންޕިއަންކަން ހޯދާފަ
މީގެ އިތުރުން 2023 ގެ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގައި ޤައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް މެނޭޖަރުކަން އަދި ޓީމް މެނޭޖަރުކަންވެސް ވަނީ ކޮކޯ ކޮއްފައެވެ. އަދި މިވަގުތު ކުރިޔަށްދާ ފުޓްސަލް ރިސޯޓް ލީގުގައި ސެއިންޓް ރެޖިސް ވޮއްމުލިއަށް ކޯޗުކޮށް ދެމުންނެވެ.
ކޮކޯ ވަޒީފާ އަދާކުރަމުންދަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައެވެ. އޭނާ ވެމްކޯގައި މަސައްކަތް ކުރާތާ މިހާރު 7 އަހަރު ވަނީ ވެފައެވެ. ވެމްކޯގައި މިވަގުތު މަސައްކަތް ކުރަމުން ދަނީ ސެކިއުރިޓީގެ އެސިސްޓަންޓް މެނޭޖަރަކަށެވެ. އޭނާއަކީ ލީޑަރެއްގެ ގޮތުން މުވައްޒަފުންނަށް ނަމޫނާ ދައްކާ ފަރާތެކެވެ. މަސައްކަތުގައި އަހުލާގު ރަނގަޅު އަދި އެހާމެ ފަރުވާތެރި ފަރާތެކެވެ. ހަމަ އެއާއެކު ކުޅިވަރުގެ ދާއިރާއިން ވެމްކޯއަށް ކާމިޔާބީތަށް ހޯދާ ދިނުމުގައި ކޮކޯގެ ހިއްސާ ވަރަށް ބޮޑެވެ.
މިގޮތުން ކޮކޯ ވަނީ ޖުލައި މަހުގައި އޮންނަ ކުލަބް ވެމްކޯގެ އިންތިޙާބުގައި އެ ކުލަބުގެ ރައީސް ކަމަށް ކުރިމަތި ލާފައެވެ. ކޮކޯ ބޭނުންވަނީ ކުލަބް ވެމްކޯ ކުޅިވަރުގައި ނަން ވިދާ ކުލަބަކަށް ހަދަންށެވެ. ލިބިފައިވާ ތަޖުރިބާއާއެކު ކުޅިވަރުގެ ހަރުފަތުގައި ކުލަބް ވެމްކޯ އެތަކެއް މައްޗަށް ޖެއްސުމެވެ.
ކޮމެންޓް