ޕީއެންސީ މެންބަރުންގެ މަޖިލީހުގެ 2025
ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލެވުނުއިރު، އެ ޕާޓީގެ ސެނެޓް މެންބަރުންގެ ގޮތުގައި ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުން ޕީއެންސީއާ ރަސްމީކޮށް ގުޅިވަޑައިގަތުމުގެ ހަފްލާއެކެވެ.
މި ހަފްލާގައި، ކުރީގެ ޕީޕީއެމްގެ ސެނެޓް މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމުގެ އިޤުރާރު ޕާޓީގެ ރައީސްއާ ހަވާލުކުރެއްވިއެވެ. މީގެ ތެރޭގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރވެސް ހިމެނިވަޑައިގަންނަވައެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީ މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 2019 ގައި ޕީއެންސީ އުފެއްދުމަށް ބޭއްވުނު ޖަލްސާގެ ކޯ-ޗެއަރއެއްގެ ގޮތުގައި ރިޔާސަތު ބެލެހެއްޓެވި ކަމަށެވެ. އަދި މިއަދު ޕީއެންސީއާ ގުޅިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކަމަށް ފާހަގަކުރައްވާފައިވެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ދެމުންގެންދާ އެހީތެރިކަމުގެ އިތުރުން، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަކީ ރާއްޖޭގެ ތާރީޚުގައި އުފެދުނު އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ޕާޓީއަށް ހެދުމުގެ މާތް ނިޔަތުގައި ކަމަށެވެ.
މި ބައްދަލުވުމާއެކު ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރުވެ، ޕާޓީގެ ބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް