ބީއެމްއެލް އިން ރާއްޖޭގެ ފުރަތަމަ ސްޓޫޑަންޓް ޑެބިޓް ކާޑު ތައާރަފް ކޮށްފި

ބީއެމްއެލް އިން ރާއްޖޭގެ ފުރަތަމަ ސްޓޫޑަންޓް ޑެބިޓް ކާޑު ތައާރަފް ކޮށްފި / ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ފުރަތަމަ ސްޓޫޑަންޓް ޑެބިޓް ކާޑު ތައާރަފް ކޮށްފިއެވެ.

ބީއެމްއެލް އިން މި ކާޑު ތައާރަފްކޮށްފައިވަނީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން ބީއެމްއެލް އިން ބުނީ މި ކާޑަކީ ފައިސާ ހަރަދު ކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލްގެ މި ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށް ކަމަށާއި، އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ކަމަށެވެ. ބީއެމްއެލް އިން ބުނީ މި ކާޑު ދޫކުރާނީ ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ކަމަށާއި މި ކާޑުން އެއްވެސް ފީއެއްވެސް ނުނަގާނެ ކަމަށެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ މިކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްތައްވެސް ކުރެވޭނެ ކަމަށާއި، އެ ކާޑު މެދުވެރިކޮށް އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ހަރަދުގެ 0.5 ޕަސެންޓް ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ ކަމަށެެވެ. ބީއެމްއެލް އިން ބުނީ މި ކާޑުގެ މުއާމަލާތްތައް ބެލެނިވެރިޔާއަށް ޓްރެކް ކުރެވޭނެ ކަމަށާއި، ބެލެނިވެރިޔާގެ މޯބައިލް ބޭންކިން އެޕްލިކޭޝަން ލޮގިން އިން އެ މައުލޫމާތުތައް ސާފުކުރެވޭނެކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، މިއަދު ތައާރަފްކުރި ކާޑަކީ، ހަމައެކަނި ޕޭމެންޓްތައް ހެދުމަށް ހާއްސަކުރި ކާޑެއް ނޫން ކަމަށާއި އެއީ ބޭންކިން އާއި ޕޭމެންޓް ދާއިރާއަށް އަންނަ ބަދަލުތަކަށް ކުޑަކުދިން އަހުލުވެރިކުރުމަށް ފަށާ ފެށުމެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލް އިން އަބުވެސް މަސައްކަތްކުރަމުން ދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި، ބީއެމްއެލް އިން އަބަދުވެސް އަންނަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ތަރައްގީއަށް އެހީތެރިވެދޭ ޕްރޮޑަކްޓްތައް މުޖުތަމައަށް ތައާރަފްކުރަމުން ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.