ޕްލާސްޓިކް ހޮޅި އަލުން ބޭނުންކުރަން ޓްރަމްޕް ގޮވައިލައިފި

ޑޮނާލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ތަޢާރަފުކުރިރަފުކުރި ކަރުދާސް ހޮޅީގެ ސިޔާސަތު ބަދަލުކުރައްވާނެ ކަމަށް އިޢުލާނުކުރައްވާފައެވެ.

މި ނިންމެވުމާ ގުޅިގެން، އަންނަ ހަފުތާގައި ރިޔާސީ ގަރާރެއްގައި ސޮއިކުރައްވާ، އަލުން ޕްލާސްޓިކް ހޮޅި ބޭނުންކުރުމަށް މަގުފަހިކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މި ބަދަލާ ގުޅިގެން، ސްޓޭޓްތަކުގައި ކަރުދާސް ހޮޅި ޕްރޮމޯޓްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަސަރުކޮށް، ޕްލާސްޓިކާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތައް ހިންގުމަށް ހުރަސްއެޅިދާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މި އަމުރުގެ ސަބަބުން ސްޓޭޓްތަކުގެ ގާނޫނުތަކާއި ގަވާއިދުތައް ބާޠިލުވާނެކަން އަދި ކަށަވަރެއް ނުވެއެވެ.

ނިއު ޖާޒީ ފަދަ ސްޓޭޓްތަކުގައި ޕްލާސްޓިކް ހޮޅި މަނާކުރުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން އަލުން ބަހުސްތަކެއް ފެށިދާނެ ކަމަށް ބެލެވެއެވެ.

ނިއު ޖާޒީގައި 2021 ވަނަ އަހަރު ތަޢާރަފުކުރެވުނު ގާނޫނަކުން، ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކުން ޕްލާސްޓިކް ހޮޅި ދިނުން މަނާކޮށްފައިވެއެވެ.

އަދި މި ގާނޫނުގެ ދަށުން، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ގޮތުން، ޕްލާސްޓިކް ކޮތަޅާއި ފޯމް ފުޑް ކޮންޓެއިނަރު ފަދަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުންވެސް މަނާކޮށްފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.