މާލޭގެ5 ސަރަހައްދެއްގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މާލޭގެ 5 ސަރަޙައްދެއްގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ

*ރަސްފަންނު

*ހެންވޭރު ދަނޑު

*ޖުމްހޫރީ މައިދާން، އިސްލާމީ މަރުކަޒު ސަރަހައްދު

*ހުޅުމާލެ ސެންޓްރަލް ޕާކް

*މުހިޔިއްދީން ސްކޫލް

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހާކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު މުހައްމަދު ވިދާޅުވީ ސްކޫލުތަކުގައި އަބަދުވެސް ކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ކަމަށެވެ. ނަމަވެސް މިހާރުގެ ވިސްނުމަކީ ކުޑަކުދީންގެ ދުވަސް ފާހަގަކުރާއިރު ކުދީންނާއި އެކުދީންގެ އާއިލާވެސް ހިމަނައިގެން ވަރަށް ފުޅާ ދާއިރާއެއްގައި އެ ދުވަސް ފާހަގަކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހުސައިން ސައީދު ވިދާޅުވީ ކުޑަކުދިންގެ ދުވަހަކީ ހަމައެކަނި އެކުދީންނަށް ހަދިޔާއެއް ދީގެން ފުއްދާލާ ދުވަހަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އެ ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަށްވެސް އެ މިނިސްޓަރީން އެހީތެރިކަން ފޯރުކޮށްދީގެންކަމަށް ހުސައިން ސައީދު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ސްކޫލުތައް ގުޅިގެން ފަސް ސަރަހައްދެއްގައި ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ވިލިމާލެއާއި މާލޭގެ ތިން ސަރަހައްދެއްގެ އިތުރުން ހުޅުމާލޭގައި ކުޑަކުދީންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.