ވަގަށް އެތެރެކުރި 221 ސިނގިރޭޓް ކާޓަން އަތުލައިގެންފި

ސިނގިރޭޓް ކާޓޫން

ގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ އެމެރިކަން ލެޖެންޑްގެ ސިނގިރޭޓް ކާޓަން އަތުލައިގެންފިއެވެ.

ފުލުހުން މި ސިނގިރޭޓް ފޮށިތައް އަތުލައިގަތީ ރޭގެ ވަގުތެއްގައި ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން މަގުމައްޗަށް ދޫކޮށްލި ކަޅު ކުލައިގެ ތިން ކޮތަޅު ބަލައި ފާސްކުރުމަށް ފަހުއެވެ. އޭގެ ތެރެއިން 221 ފޮށި ސިނގިރެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގައި ބަންގްލަދޭޝްގެ ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރެވޭނީ އޭގެ ނުރައްކާތެރިކަން އަންގައިދޭ ފޮޓޯ އާއި ލޭބަލް ޖަހައި އަދި އެ ތަކެތި ގެންނަން ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ރާއްޖޭގައި ވޭޕް މަނާކޮށް އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އިތުރަށް ބޮޑުކޮށްފައި ވާއިރު ވަގަށް ސިނގިރޭޓު އެތެރެކުރާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.

އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު، ޕުލައިވުޑް ޝިޕްމެންޓެއްގައި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި އެތަކެތި ވަނީ އަތުލައިގެންފައިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.