ސުކޫކް ކޫޕަންގެ ގޮތުގައި 25 މިލިއަން ޑޮލަރު ދައްކައިފި

ފިނޭންސް މިނިސްޓްރީ

މި ސުކޫކުގެ ފައިސާ ގަވާއިދުން ދެއްކުމަކީ ބައިނަލްއަގްވާމީ މާލީ ބާޒާރުގައި ރާއްޖޭގެ އިތުބާރު އިތުރުވެ، ކުރިމަގުގައި އިތުރު މާލީ އެހީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވޭ

ދައުލަތުން 2021ވަނަ އަހަރު ނަގާފައިވާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ސުކޫކުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި މި މަހު ދައްކަންޖެހޭ 25 މިލިއަން ޑޮލަރު މިއަދު ސަރުކާރުން ދައްކައިފިއެވެ.

މިއީ 2021 ވަނަ އަހަރު ދިވެހި ސަރުކާރުން އިންޓަނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓަށް 2026 ވަނަ އަހަރު މެޗުއާވާ ގޮތަށް ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރެވެ. އެ އަހަރާ ހަމައަށް ކޮންމެ އަހަރެއްގެ އޭޕްރީލް އަދި އޮކްޓޯބަރު މަހު ސްކޫކު ހޯލްޑަރުންނަށް ފައިސާ ދައްކަން ޖެހެއެވެ. އަދި ދަރަނީގެ ގޮތުގައި ދައްކަންޖެހެ ފައިސާ، ދިވެހި ސަރުކާރުން ދެއްކުމަކީ އެންމެ އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

މިއަހަރުގެ އެޕްރީލް މަހުގެ ކޫޕަން ޕޭމަންޓުގެ އިތުރުން މި އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ދައްކަންޖެހޭ ޕޭމަންޓާ އެއްކޮށް 49.4 މިލިއަން އެމެރިކާ ޑޮލަރު މިއަހަރު ވަނީ ދައްކައިފއެވެ. އެ ސުކޫކު ނެގީ 9.875 ޕަސެންޓު އިންޓްރެސްޓް ރޭޓުގައެވެ. މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓަން މަގުފަހިވެގެންދާނެއެވެ.

މި ސުކޫކުގެ ފައިސާ ގަވާއިދުން ދެއްކުމަކީ ބައިނަލްއަގްވާމީ މާލީ ބާޒާރުގައި ރާއްޖޭގެ އިތުބާރު އިތުރުވެ، ކުރިމަގުގައި އިތުރު މާލީ އެހީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.