ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް
ސިޔާސީ ހިކުމަތްތެރީންނަށް އަގުގުރި އެތައް ފިލާވަޅެއް ލިބިދިން ތޭރަ ގަޑިއިރެކެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނޫސްވެރިންނާއެކު 15 ގަޑިއިރު ވަންދެން ބޭއްވެވި ބައްދަލުވުމުގައި ދައްކަވާފައިވާ ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނިފައިވާ އެންމެ ފުރިހަމަ ނަމޫނާ ކަމަށެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ފާހަގަކުރެއްވި ގޮތުގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ރައީސް މުޢިއްޒުއާއެކު މަސައްކަތް ކުރެއްވުމުގެ ތެރެއިން އެމަނިކުފާނުގެ ކެތްތެރިކަމާއި އިޚްލާޞްތެރިކަމުގެ ރިވެތި އަޚްލާޤު ވަނީ ފެނިވަޑައިގެންފައެވެ.
https://www.facebook.com/share/p/15JkkYmgUe/
"މިއަދު 15 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށް ކެތްތެރިކަމާއެކު މުޅިދުނިޔެ ކުރިމަތީގައި ތިޔަ ދެއްކެވި ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ،" ޝަކީލް ވިދާޅުވިއެވެ.
އަދި މި ސަރުކާރު ކުރިއަށްދާނީ ރައީސްގެ މި ކެތްތެރިކަމާއި އިޚްލާޞްތެރިކަމުން ނަމޫނާ ނަގައިގެން ކަމަށް ޝަކީލް ވިދާޅުވެފައިވެއެވެ. އަދި ރައީސް ދައްކަވާފައިވާ ރިވެތި އަޚްލާޤަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
މިއީ ރައީސް ޑރ. މުއިއްޒުގެ ސިޔާސީ ކެތްތެރިކަން އިމްތިހާނު ކުރެވިގެން ދިޔަ ނޫސް ކޮންފަރެންސްއެކެވެ. އެ މަނިކުފާނުގެ އެ ރިވެތި ނަމޫނާ ސިޔާސީ އެހެންހުރިހާ ސިޔާސީ ވެރީންވެސް ބަލައިގަންނަ ޖެހެއެވެ
ކޮމެންޓް