5 މީހުންނާއެކު ގައްދޫއިން ދަތުރުކުރި ދޯންޏެއް ގެއްލިއްޖެ

ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ގެއްލުނު ދޯނި

5 މީހުންނާއެކު ގައްދޫއިން ހުޅުމާލެއަށް ދާން ދަތުރުކުރި ދޯންޏެއް ގެއްލިއްޖެއެވެ.

ފުލުހުން ބުނީ ބްރިލިއަންޓް ކެރިއަރާ ނަމަކަށް ކިޔާ މި ދޯނި ގެއްލިފައިވަނީ އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ކުރި ދަތުރުގެ ތެރެއިން ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވިފައިވާކަމަށާއި، އެއާއެކު އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑުން ދޯނި ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މި ދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން އެވަގުތު ކެޕްޓަން ވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވާ ކަމަށް ބުނެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ދޯނީގައި ދަތުރު ކުރަމުން ދިޔައީ 3 ދިވެހިންނާއި، 2 ބިދޭސީންނާއެކު ޖުމުލަ 5 މީހުންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެއާއެކު ފުލުހުން ވަނީ މި ދޯނީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ ސްޓޭޝަނަކަށް އަންގައިދިނުމަށް

އެދިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.