ޒުވާނުންގެ ޝުކުރު ރައީސްއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ޔުމްނު ރަޝީދުއަށް އިންސާފު ހޯދުމަށް ގޮވާލައި މުޒާހަރާ ކުރަމުންދާ ޒުވާނުންގެ އަޑު އައްސަވާތީ ބައެއް ޒުވާނުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކޮށްފިއެވެ.

މުޒާހަރާއާ ގުޅިގެން އެ ޒުވާނުން ބުނީ މުޒާހަރާތަކަކީ އެއްވެސް ވަރަކަށް ސިޔާސީ ކަމަކާ ގުޅިގެން ނުވަތަ ސިޔާސީ ޕާޓީއަކުން ކުރިއަށް ގެންދާ ކަމެއް ނޫން ކަމަށެވެ.

އަދި އެއީ ޔުމްނުއަށް އިންސާފުހޯދައި ދިނުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކެއް ކަމަށާއި މުޒާހަރާގެ މައިގަނޑު މަގުސަދަކީ ޕޮލިސް އަދި ނެޝަނަލް އިންޓަގްރިޑީ ކޮމިޝަން ފަދަ ކަމާ ގުޅުންހުރި އިދާރާތައް ޖަވާބުދާރީކުރުވުން ކަމަށެވެ.

މިއީ ފެއިލްވެފައި އޮތް ސިސްޓަމެއް ރަނގަޅުކުރުމަށްޓަކައި ޒުވާނުން އިސްނަގައިގެން ކުރާ މަސައްކަތެއް ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. މިއީ ހަމައެކަނި މި ސަރުކާރުގައި ކަން ހިނގާ ގޮތް ނޫން ކަމަށާއި ކުރީގެ ސަރުކާރުތަކުގައި ވެސް މިގޮތަށް ކަންކަން ހިނގާފައިވާކަން އެމީހުން ވަނީ ފަހާގަކޮށްފައެވެ.

މުޒާހަރާތައް ކުރިއަށް ދަނީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތި ކަމަށާއި ކުރިއަށް އޮތް ތާނގައި ވެސް ކުރިއަށް ދާނީ އެގޮތުގައި އެ ފަރާތްތަކުން ބުނެއެވެ. އަދި މުޒާހަރާތަކަކީ އެއްވެސް އޮންލައިން މީހެއްގެ "ޕާސަަނަލް އެޖެންޑާތަކެއް" ނޫން ކަން އެފަރާތްތަކުން ފާހަގަކުރެއެވެ.

މުޒާހަރާގައި ޒުވާނުން ގޮވާލަމުންދާ ބައެއް ޑިމާންޑްތައް ރައީސް ފުރިހަމަކޮށްދެއްވާފައި ވާކަން ފާހަގަކޮށް އެ ފަރާތްތަކުން ވަނީ ރައީސް އަށް ޝުކުރު އަދާކޮށްފައެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ކޮމިޝަނެއް އުފެއްދެވީ އެ މައްސަލައިގެ ތަހްގީގާ މެދު ސުވާލު އުފެދިފައިވާ މައްސަލަ ބޮޑުވެފައިވާތީއެވެ. ކޮމިޝަނުގެ މަސައްކަތް ކުރިއަށް ދާނީ ދެފުށް ފެންނަ ގޮތަށް ޒިންމާދާރު ގޮތެއްގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހްގީގުގައި އެއްވެސް އިހުމާލެއް ވޭތޯ ބަލައި އިހުމާލުވެއްޖެ ނަމަ ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފް ވެސް ވަނީ އަމުރުކު

ރައްވައިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.