ބޭސްފިހާރަ
އާސަންދައިން ބޭސް ލިބުން ދަތިވާ ނަމަ އެކަން ރިޕޯޓުކުރަން މިއަދު އެދިއްޖެ އެވެ.
އާސަންދާގެ ފޭސްބުކްޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނީ، އާސަންދަ ސްކީމުން ބޭސް ނަގާއިރު އަމިއްލަ އަތުން ފައިސާ ދައްކަންޖެހޭ ނަމަ ނުވަތަ ބޭހެއް ނުލިބިއްޖެ ނަމަ އެ ޝަކުވާއެއް ހޮޓްލައިން 7951400 އަށް ވައިބާ ކުރަން އެދޭ ކަމަށެވެ.
އެގޮތަށް ރިޕޯޓު ކުރާއިރު ބޭސް ފިހާރައިގެ ނަމާ އެކު، ބޭސް ސިޓީ އަދި ބޭހުގެ ރަސީދު ފޮނުވަން ވެސް އާސަންދަ ކުންފުނިން އެދުނެވެ.
މިފަހުން ބޭހުގެ އަގު ދައްކުރުމާގުޅިގެން ބޭސްފިހާރަތަކުން ވަނީ އާސަންދާއިން ދޫ ނުކޮއް ހަމަ އެ ފިހާރަތަކުން އަގުބޮޑުކޮއް ވިއްކާފައެވެ.
ކޮމެންޓް