މުބާރާތުގެ ބައިވެރިއެއް ކިޔަވަނީ
ބަލައިގެން ކިޔެވުމުގެ ގޮފީން 579 ބައިވެރީންނާއި ނުބަލައި ކިޔެވުމުގެ ގޮފީން 413 ބައިވެރިވި
ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤުރުއާން މުބާރާތުގެ ކިޔެވުން ނިމިއްޖެއެވެ.
މި މުބާރާތުގައި 992 ބައިވެރީން ވަނީ ކިޔަވައިފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީން 579 ބައިވެރީންނާއި ނުބަލައި ކިޔެވުމުގެ ގޮފީން 413 ބައިވެރީންނެވެ. އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މުބާރާތް ބާއްވައިފައި ވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖާކޮށް ގެނެވޭން ހުރި ހެޔޮ ބަދަލުތައް ގެނައުމަށް ފަހުގައެވެ. މި ބަދަލުތަކުގެ ތެރޭގައި، ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަ ދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމައިލެވޭނެ ގޮތަށް ކިޔެވުން އިންތިޒާމުކުރެވިފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާން ހަމަޖެހިފައިވަނީ މި މަހު 18ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ކޮމެންޓް